|
|
|
﴿١﴾ إِذَا وَقَعَتِ الْوَاقِعَةُ |
ޤިޔާމަތް ވެއްޖެހިނދެވެ. |
|
﴿٢﴾ لَيْسَ لِوَقْعَتِهَا كَاذِبَةٌ |
އެކަންވާނޭކަމާމެދު އިންކާރު ކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ. |
|
﴿٣﴾ خَافِضَةٌ رَّافِعَةٌ |
އެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.) |
|
﴿٤﴾ إِذَا رُجَّتِ الْأَرْضُ رَجًّا |
ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ. |
|
﴿٥﴾ وَبُسَّتِ الْجِبَالُ بَسًّا |
އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ. |
|
﴿٦﴾ فَكَانَتْ هَبَاءً مُّنبَثًّا |
ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ. |
|
﴿٧﴾ وَكُنتُمْ أَزْوَاجًا ثَلَاثَةً |
އަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ. |
|
﴿٨﴾ فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ |
ފަހެ، ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ |
|
﴿٩﴾ وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ |
އަދި ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، (ދަރަޖައިގެގޮތުން) ކޮންބަޔެއްހެއްޔެވެ؟ |
|
﴿١٠﴾ وَالسَّابِقُونَ السَّابِقُونَ |
އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ. |
|
﴿١١﴾ أُولَٰئِكَ الْمُقَرَّبُونَ |
ކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ. |
|
﴿١٢﴾ فِي جَنَّاتِ النَّعِيمِ |
ނިޢުމަތުގެ ސުވަރުގެތަކުގައެވެ. |
|
﴿١٣﴾ ثُلَّةٌ مِّنَ الْأَوَّلِينَ |
އިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. |
|
﴿١٤﴾ وَقَلِيلٌ مِّنَ الْآخِرِينَ |
އަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކާ އަޅައިބަލާއިރު، މުޙައްމަދު ނަބިއްޔާގެ އުއްމަތުގެ މީހުންގެ ތެރެއިން) މަދުބަޔެކެވެ. |
|
﴿١٥﴾ عَلَىٰ سُرُرٍ مَّوْضُونَةٍ |
ރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ. |
|
﴿١٦﴾ مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ |
އެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ ޙާލުގައެވެ. |
|
﴿١٧﴾ يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ |
ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ ޚިދުމަތުގައި ބުރުޖަހާނެތެވެ. |
|
﴿١٨﴾ بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ |
ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ. |
|
﴿١٩﴾ لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ |
އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ. |
|
﴿٢٠﴾ وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ |
އަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ. |
|
﴿٢١﴾ وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ |
އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ. |
|
﴿٢٢﴾ وَحُورٌ عِينٌ |
އަދި ކަޅިރަވަ ރީތި، ޙޫރުލްޢީނުން ތިބޭނެއެވެ. |
|
﴿٢٣﴾ كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ |
(އެކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ. |
|
﴿٢٤﴾ جَزَاءً بِمَا كَانُوا يَعْمَلُونَ |
(އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް ޖަޒާއެއް ކަމުގައެވެ. |
|
﴿٢٥﴾ لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا |
ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ. |
|
﴿٢٦﴾ إِلَّا قِيلًا سَلَامًا سَلَامًا |
އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) ސަލާމް ހުށްޓޭ، ސަލާމް ހުށްޓޭ، ބުނެވޭ އަޑެވެ. |
|
﴿٢٧﴾ وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ |
ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ |
|
﴿٢٨﴾ فِي سِدْرٍ مَّخْضُودٍ |
(އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ. |
|
﴿٢٩﴾ وَطَلْحٍ مَّنضُودٍ |
ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ. |
|
﴿٣٠﴾ وَظِلٍّ مَّمْدُودٍ |
އަދި ފެތުރިގެންވާ ހިޔަލުގައެވެ. |
|
﴿٣١﴾ وَمَاءٍ مَّسْكُوبٍ |
އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ. |
|
﴿٣٢﴾ وَفَاكِهَةٍ كَثِيرَةٍ |
އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ. |
|
﴿٣٣﴾ لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ |
ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ. |
|
﴿٣٤﴾ وَفُرُشٍ مَّرْفُوعَةٍ |
އަދި އުފުލިގެންވާ ދާންތަކެވެ. |
|
﴿٣٥﴾ إِنَّا أَنشَأْنَاهُنَّ إِنشَاءً |
ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ. |
|
﴿٣٦﴾ فَجَعَلْنَاهُنَّ أَبْكَارًا |
ފަހެ، ބިކުރުވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ. |
|
﴿٣٧﴾ عُرُبًا أَتْرَابًا |
ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ. |
|
﴿٣٨﴾ لِّأَصْحَابِ الْيَمِينِ |
ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ. |
|
﴿٣٩﴾ ثُلَّةٌ مِّنَ الْأَوَّلِينَ |
އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. |
|
﴿٤٠﴾ وَثُلَّةٌ مِّنَ الْآخِرِينَ |
އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: މުޙައްމަދު ނަބިއްޔާގެ އުއްމަތުގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ. |
|
﴿٤١﴾ وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ |
ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ |
|
﴿٤٢﴾ فِي سَمُومٍ وَحَمِيمٍ |
(އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ. |
|
﴿٤٣﴾ وَظِلٍّ مِّن يَحْمُومٍ |
އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ. |
|
﴿٤٤﴾ لَّا بَارِدٍ وَلَا كَرِيمٍ |
ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ. |
|
﴿٤٥﴾ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ |
ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. |
|
﴿٤٦﴾ وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ |
އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ. |
|
﴿٤٧﴾ وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ |
އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟ |
|
﴿٤٨﴾ أَوَآبَاؤُنَا الْأَوَّلُونَ |
އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟ |
|
﴿٤٩﴾ قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ |
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ. |
|
﴿٥٠﴾ لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَّعْلُومٍ |
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ. |
|
﴿٥١﴾ ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ |
އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޒައްޤޫމު ގަހުން ކާނޭކަން ކަށަވަރެވެ. |
|
﴿٥٢﴾ لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ |
އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޒައްޤޫމު ގަހުން ކާނޭކަން ކަށަވަރެވެ. |
|
﴿٥٣﴾ فَمَالِئُونَ مِنْهَا الْبُطُونَ |
ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ. |
|
﴿٥٤﴾ فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ |
ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ. |
|
﴿٥٥﴾ فَشَارِبُونَ شُرْبَ الْهِيمِ |
ފަހެ، ފެންބޮވައިގެންފައިވާ ޖަމަލުތައް ފެންބޯފަދައިންނެވެ. |
|
﴿٥٦﴾ هَٰذَا نُزُلُهُمْ يَوْمَ الدِّينِ |
ޤިޔާމަތް ދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ. |
|
﴿٥٧﴾ نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ |
ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟ |
|
﴿٥٨﴾ أَفَرَأَيْتُم مَّا تُمْنُونَ |
ތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟ |
|
﴿٥٩﴾ أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ |
އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
|
﴿٦٠﴾ نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ |
ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. |
|
﴿٦١﴾ عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ |
ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. |
|
﴿٦٢﴾ وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ |
ހަމަކަށަވަރުން، ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެއެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ކީއްވެހެއްޔެވެ؟ |
|
﴿٦٣﴾ أَفَرَأَيْتُم مَّا تَحْرُثُونَ |
ތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ |
|
﴿٦٤﴾ أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ |
އެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
|
﴿٦٥﴾ لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ |
ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން ޙާއިރާން ވެފައި ތިބެއްޖައީހެވެ. |
|
﴿٦٦﴾ إِنَّا لَمُغْرَمُونَ |
(ތިޔަބައިމީހުން ބުނާނޫއެވެ.) ހަމަކަށަވަރުން، ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ. |
|
﴿٦٧﴾ بَلْ نَحْنُ مَحْرُومُونَ |
އަދި ކިއެއްތަ! ތިމަންމެންނީ (އެތަކެތިން) މަޙްރޫމު ވެގެންވާ ބަޔަކީމުއެވެ. |
|
﴿٦٨﴾ أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ |
ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟ |
|
﴿٦٩﴾ أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ |
ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ ފެން ބާވައިލެއްވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
|
﴿٧٠﴾ لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ |
ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން ޝުކުރު ނުކުރަނީ ކީއްވެހެއްޔެވެ؟ |
|
﴿٧١﴾ أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ |
ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟ |
|
﴿٧٢﴾ أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِئُونَ |
އޭގެ ގަސް އުފެއްދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟ |
|
﴿٧٣﴾ نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ |
ހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި، ދަތުރުނުކޮށް ޤާއިމް ވެތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއްކަމުގައި، ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ. |
|
﴿٧٤﴾ فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ |
ފަހެ، ކަލޭގެފާނުގެ ވެރި، މާތްވަންތަ ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! |
|
﴿٧٥﴾ ۞ فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ |
ފަހެ، ހަމަކަށަވަރުން، ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވާ ވަޙީ ކުރައްވަމެވެ. |
|
﴿٧٦﴾ وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ |
އަދި ތިޔަބައިމީހުން ދަންނަނީނަމަ، ހަމަކަށަވަރުން، އެއީ ބޮޑުވެގެންވާ ހުވަޔެއްކަން ކަށަވަރެވެ. |
|
﴿٧٧﴾ إِنَّهُ لَقُرْآنٌ كَرِيمٌ |
ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރްއާން ކަން ކަށަވަރެވެ. |
|
﴿٧٨﴾ فِي كِتَابٍ مَّكْنُونٍ |
ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ. |
|
﴿٧٩﴾ لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ |
ޠާހިރު ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ. |
|
﴿٨٠﴾ تَنزِيلٌ مِّن رَّبِّ الْعَالَمِينَ |
(އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ. |
|
﴿٨١﴾ أَفَبِهَٰذَا الْحَدِيثِ أَنتُم مُّدْهِنُونَ |
ތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި ޤުރްއާނާ މެދުގައި) ހެއްޔެވެ؟ |
|
﴿٨٢﴾ وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ |
އަދި ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިކަމުގެ މައްޗަށްކުރާ ޝުކުރަކީ (އެ ރިޒްޤު ދެއްވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ. |
|
﴿٨٣﴾ فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ |
ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ. |
|
﴿٨٤﴾ وَأَنتُمْ حِينَئِذٍ تَنظُرُونَ |
އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ. |
|
﴿٨٥﴾ وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ |
އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ. |
|
﴿٨٦﴾ فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ |
ފަހެ، ތިޔަބައިމީހުންނީ، ޢަމަލުތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ. |
|
﴿٨٧﴾ تَرْجِعُونَهَا إِن كُنتُمْ صَادِقِينَ |
ފަހެ، ތިޔަބައިމީހުންނީ، ޢަމަލުތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ. |
|
﴿٨٨﴾ فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ |
ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! |
|
﴿٨٩﴾ فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ |
ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ ރިޒްޤާއި، ނިޢުމަތުގެ ސުވަރުގެ ހުށްޓެވެ. |
|
﴿٩٠﴾ وَأَمَّا إِن كَانَ مِنْ أَصْحَابِ الْيَمِينِ |
އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! |
|
﴿٩١﴾ فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ |
ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް ސަލާމް ހުށްޓެވެ. |
|
﴿٩٢﴾ وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ |
އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ! |
|
﴿٩٣﴾ فَنُزُلٌ مِّنْ حَمِيمٍ |
ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ. |
|
﴿٩٤﴾ وَتَصْلِيَةُ جَحِيمٍ |
އަދި ނަރަކަޔަށް ވެއްދެވުމެކެވެ. |
|
﴿٩٥﴾ إِنَّ هَٰذَا لَهُوَ حَقُّ الْيَقِينِ |
ހަމަކަށަވަރުން، މިއީ ޔަޤީން ވެގެންވާ ޙައްޤު ތެދުކަން ކަށަވަރެވެ. |
|
﴿٩٦﴾ فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ |
ފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! |
|