|
|
|
﴿١﴾ وَالْمُرْسَلَاتِ عُرْفًا |
ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި، |
|
﴿٢﴾ فَالْعَاصِفَاتِ عَصْفًا |
އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި، |
|
﴿٣﴾ وَالنَّاشِرَاتِ نَشْرًا |
އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި، |
|
﴿٤﴾ فَالْفَارِقَاتِ فَرْقًا |
ޙައްޤާއި ބާޠިލު ވަކިކުރާ (ޤުރްއާނުގެ) އާޔަތްތަކާއި، |
|
﴿٥﴾ فَالْمُلْقِيَاتِ ذِكْرًا |
އަދި ހަނދުމަކޮށްދޭ އާޔަތްތައް (ރަސޫލުންނަށް) ގެނެސްދެއްވާ މަލާއިކަތުން ގަންދެއްވަމެވެ. |
|
﴿٦﴾ عُذْرًا أَوْ نُذْرًا |
ޢުޛުރު ނެތިކުރެއްވުމަށާއި، އިންޛާރު ކުރެއްވުމަށެވެ. |
|
﴿٧﴾ إِنَّمَا تُوعَدُونَ لَوَاقِعٌ |
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ. |
|
﴿٨﴾ فَإِذَا النُّجُومُ طُمِسَتْ |
ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ. |
|
﴿٩﴾ وَإِذَا السَّمَاءُ فُرِجَتْ |
އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ. |
|
﴿١٠﴾ وَإِذَا الْجِبَالُ نُسِفَتْ |
އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ. |
|
﴿١١﴾ وَإِذَا الرُّسُلُ أُقِّتَتْ |
އަދި ރަސޫލުން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ. |
|
﴿١٢﴾ لِأَيِّ يَوْمٍ أُجِّلَتْ |
އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟ |
|
﴿١٣﴾ لِيَوْمِ الْفَصْلِ |
ނިޔާކުރައްވާ ދުވަހަށެވެ. |
|
﴿١٤﴾ وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ |
އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
|
﴿١٥﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. |
|
﴿١٦﴾ أَلَمْ نُهْلِكِ الْأَوَّلِينَ |
ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟ |
|
﴿١٧﴾ ثُمَّ نُتْبِعُهُمُ الْآخِرِينَ |
ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ. |
|
﴿١٨﴾ كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ |
ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ. |
|
﴿١٩﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
|
﴿٢٠﴾ أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ |
ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟ |
|
﴿٢١﴾ فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ |
ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: ރަޙިމުގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ. |
|
﴿٢٢﴾ إِلَىٰ قَدَرٍ مَّعْلُومٍ |
އެނގިގެންވާ މުއްދަތަކަށެވެ. |
|
﴿٢٣﴾ فَقَدَرْنَا فَنِعْمَ الْقَادِرُونَ |
ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ! |
|
﴿٢٤﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ. |
|
﴿٢٥﴾ أَلَمْ نَجْعَلِ الْأَرْضَ كِفَاتًا |
ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟ |
|
﴿٢٦﴾ أَحْيَاءً وَأَمْوَاتًا |
ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟ |
|
﴿٢٧﴾ وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاءً فُرَاتًا |
އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ. |
|
﴿٢٨﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. |
|
﴿٢٩﴾ انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ |
(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ! |
|
﴿٣٠﴾ انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ |
ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ! |
|
﴿٣١﴾ لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ |
(އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ. |
|
﴿٣٢﴾ إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ |
ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ. |
|
﴿٣٣﴾ كَأَنَّهُ جِمَالَتٌ صُفْرٌ |
އެ ކަނިތައް، ރީނދޫކުލައިގެ ޖަމަލުތަކެއް ފަދައެވެ. |
|
﴿٣٤﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. |
|
﴿٣٥﴾ هَٰذَا يَوْمُ لَا يَنطِقُونَ |
މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ. |
|
﴿٣٦﴾ وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ |
އަދި އެއުރެން ޢުޛުރު ދެއްކުމަކަށް، އެއުރެންނަކަށް އިޛުނައެއް ނުމެދެއްވާނޭމެއެވެ. |
|
﴿٣٧﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
|
﴿٣٨﴾ هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ |
(ވަޙީ ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ. |
|
﴿٣٩﴾ فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ |
ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ ޙީލަތެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްކަލާނގެއާމެދު ތިޔަބައިމީހުން ޙީލަތް ހަދައިބަލާށެވެ! |
|
﴿٤٠﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
|
﴿٤١﴾ إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ |
ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ ނިޢުމަތުގައެވެ. |
|
﴿٤٢﴾ وَفَوَاكِهَ مِمَّا يَشْتَهُونَ |
އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ. |
|
﴿٤٣﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ |
(އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! |
|
﴿٤٤﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ |
އިޙްސާންތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. |
|
﴿٤٥﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
|
﴿٤٦﴾ كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ |
(ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ. |
|
﴿٤٧﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. |
|
﴿٤٨﴾ وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ |
ތިޔަބައިމީހުން (ނަމާދުކޮށް) ރުކޫޢު ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ރުކޫޢު ކޮށެއް ނޫޅެތެވެ. |
|
﴿٤٩﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ |
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ. |
|
﴿٥٠﴾ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ |
ފަހެ، އެ ޤުރްއާނަށްފަހު، އެއުރެން އީމާން ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟ |
|